ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)221-LMI/221/2026/37
އިޢުލާން
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010)ގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު، މި އޮތޯރިޓީގެ ނަންބަރު: (PR)221-BU/221/2026/8 (04 އޮގަސްޓް 2026) ނޫސް ބަޔާނުން ފަސްކޮށްފައިވާ އިންތިޚާބު 2026 އޮކްޓުބަރު 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި އިންތިޚާބަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާންމުކުރީމެވެ.
ވޯޓު ފޮށިތައް ބަހައްޓާފައި ހުންނާނީ:
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ (މާލެ ސިޓީގައި ބަހައްޓާފައި ހުންނަ ވޯޓު ފޮށި)
- ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް (އަތޮޅުތަކުގެ ތެރޭގައި ބަހައްޓާފައި ހުންނަ ފޮށިތައް)
- ހުޅުދޫ އިޖްތިމާއީ މަރުކަރު - ކުރީގެ ހުޅުދޫ ސްކޫލް (އައްޑުއަތޮޅު އައްޑޫ ހުޅުދޫގައި ބަހައްޓާފައި ހުންނަ ވޯޓު ފޮށި)
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުގެ ހެނދުނު10:00ން ހަވީރު 16:00 އަށެވެ.