ދެންނެވުން
ނަންބަރު: (IUL)113-MSWH/1/2026/123
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 14 ނޮވެންބަރު 2026 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
1 ނޮވެމްބަރ 2026 އިން ފެށިގެން ބަރުމަރުކާ ނެތް އުޅަނދުފަހަރު ޓީޖެޓީ ސަރައްދަށް ވަދެނިކުތުމާއިގުޅޭ

ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި، އުޅަނދުފަހަރަށް ހުއްދަކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ނިންމެވުމާއި ގުޅޭގޮތުން ދަންނަވަމެވެ. 

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 1 ނޮވެމްބަރ 2026 އިން ފެށިގެން، މާލޭ ސައުތްވެސްޓް ހާރބަރަށް (ޓީޖެޓީ ސަރަހައްދަށް) ވަދެނިކުންނަ އުޅަނދުފަހަރުގެ ތިރީގައިވާ ޝަރުތުތައް ފުރިހަމަކޮށްފައި ހުރިތޯ ޗެކުކުރަމުން ގެންދާނެއެވެ.                               

  • ބަރުމަރުކާ (Load Line): އުޅަނދުގެ އަރިމަތީގައި ރަސްމީ ނިޝާން ސާފުކޮށް ފެންނަން ހުރުން.
  • ސެޓްފިކެޓް: މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓެއް އޮތުން.

އުޅަނދުފަހަރުގެ ޓްރާންސްޕޯރޓް ހުއްދަކުރާ ހުރިހާ ލިޔުމެއް ހަމަތޯ ބެލުން

ވީމާ، ޚިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވެ ޚިދުމަތް ފުރިހަމަ ކުރުމަށްޓަކައި، ހުރިހާ އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުން މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓްތައް އައުކުރައްވައި ނިޝާން ޖެއްސެވުމަށް ހަނދުމަކޮށްއަރުވަމެވެ.

14 އޮކްޓޫބަރު 2026