ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2026/80
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:42
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލު އިސްލާހުކުރުމަށްފަހު އާންމުކުރުން.

ބ. ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއިމެދު އަމަލުކުރާނެ ގޮތުގެ އުސޫލުގެ 6 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް، ބ. ކިހާދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ނިންމާފައިވާ ގޮތަށް، އިސްލާހުކުރުމަށް ފަހު އާންމު ކުރީމެވެ. އަދި މި އިސްލާހު ކުރެވިފައިވާ އުސޫލަށް 30 ސެޕްޓެންބަރު 2026 އިން ފެށިގެން އަމަލުކުރެވެމުންދާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އޮކްޓޫބަރު 2026