ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS83/2016/06
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 18:51
ސުންގަޑި: 02 މާރިޗު 2016 13:30
މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 މަޤާމުގެ ގިންތި:

 ދާއިމީ

އޮފީސް:

ހއ މުރައިދޫ ސްކޫލް

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

1،500/- ރުފިޔާ

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  •  މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ހަމަޖެހިފައިވާ އުސޫލުގެ މަތިން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފޮތްދޫކުރުން.
  • ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭ ގޮތަށް އަތުރައި ތަރުތީބުކޮށް ބެހެއްޓުން.
  • ހަލާކުވާ ފޮތްތައް ހެދުން.
  • ސްކޫލުގެ ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުމާއެކު ފޮތްތަކުގައި ނަންބަރު ޖަހައި ސެލޯފިން ލައި ބެލެހެއްޓުން.
  • ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.
  • އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދިނުން.
  • ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރި ކުރުމަށް މަދުވެގެން ޓާރމަކު 1 ޕްރޮގްރާމް ހިންގުން.
  • ސްކޫލުން ހަމަޖައްސާފައިވާ ލައިބްރަރީ ރޫލްސްއަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި އުސޫލުތަކުގައި ހިފެހެއްޓުން.
  • ލައިބުރަރީ ކުލާސްތައް ފުރިހަމަކޮށް ގެންދިއުމަށް ލައިބުރަރީ ކުލާސްތަކުގައި ޓީޗަރުންނަށް އެހީތެރިވުން.
  • ލައިބްރަރީ ފޮތް ރިޓާންނުކުރާ ދަރިވަރުންގެ މަޢުލޫމާތު ކުލާސް ޓީޗަރުންނަށް ދީ އެފޮތެއް ރިޓާންކުރަންޖެހޭ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި އެފޮތެއް ހޯދުން.
  • ލައިބްރަރީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ތަނެއްގެ ގޮތުގައި ބެހެއްޓުން.
  • ސްކޫލުން ރާވައި ހިންގާ ޕްރޮގްރާމްތަކުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ސްކޫލަށް އެހީތެރިވެ ދިނުން.
  • މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ކުއްލިއަކަށް ދިމާވާ އެކިއެކި ކަންކަމުގައްޔާއި އެހީތެރިކަމަށް ބޭނުންވާ ދަނޑިވަޅުތަކުގައި އެވަގުތުގައި ހަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން، އެއްބާރުލުން ދިނުމަކީ ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ.
  • ހަމައެހެންމެ ހެދިފައި އޮންނަ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 މާރިޗު 2 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހއ މުރައިދޫ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

- މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

- އުމުރުން 55 އަހަރުނުވާ މީހަކަށްވުން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

އިންޓަރވިއު ކުރުން:

މި  މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަރވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500537 ނަންބަރު ފޯނާއެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016