ދިވެހިރާއްޖެ
އިޢުލާން
ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި ފަންނުވެރި، ހުނަރުވެރި އަދި ރީތިކޮށް މަދަޙަކިޔާ، އުފެއްދުންތެރި މުޖްތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި " ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "މަދަޙަ މުބާރާތް 2026" ގެނަމުގައި 26 އޮކްޓޯބަރ 2026 އިން 28 އޮކްޓޯބަރ 2026 އަށް މަދަހަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ޝަޢުގުވެރިކަންހުރި ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 19 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މުބާރާތާއި ގުޅޭ އެންމެހައި ތަފްސީލުތައްހިމެނޭ މުބާރާތުގެ ޤަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމްގެ ލިންކު އަދި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއިއެކު ހިމަނާފައިވާނެއެވެ. ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ބާރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަދުވެގެން 20 ބައިވެރިން ބައިވެރިވާ ނަމައެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީގެ ނައިބު ރައީސްގެ ފޯނު ނަންބަރު 9702022 އާއި ގުޅުއްވުން އެދެމެވެ.
ވަކިވަކި ހުށަހެޅުމުގެ ގޫގުލް ފޯމްގެ ލިންކް: https://forms.gle/wexKHHMoUxDGYxMf6
ގުރޫޕް މަދަހަ ހުށަހެޅުމުގެ ގޫގުލް ފޯމްގެ ލިންކް: https://forms.gle/i3PBtjjWRMpCAGnh7
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.