ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/60
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 06 މާރިޗު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް އެގްޒެކްޓިވް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސޭލްސް އެގްޒެކްޓިވް

މުސާރައާއި އެލަވަންސް

މަހަކު -/9450ރ

މަޤާމުގެ ރޭންކް

AS 4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުން. ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މިކުންފުނީގެ ޗެނަލްތަކުގެ ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ހޯދަންޖެހޭ ރޭޓް ކާޑުތަކާއި ޕްރެޒެންޓޭޝަންތައް ހަދައި ކްލައިންޓުންނާއި ބައްދަލުކޮށް މި ޕްރޮގްރާމްތައް ވިއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ސޭލްސް ޑިޕާޓްމަންޓުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 06 މާރިޗު 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016