ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2026/66
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 18 އޮކްޓޫބަރު 2026 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޓްނަސް ބޫޓްކޭމްޕެއް ހިންގާދިނުމުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

އިޢުލާން

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ތުލުސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ތުލުސްދޫގެ އަންހެނުންނަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ 15 ދުވަހުގެ ފިޓްނަސް ބޫޓްކޭމްޕެއް ހިންގާދޭނެ  ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)333/333/2026/59 އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. ހުށަހަޅާފައިވާ ބިޑް މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތީން އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިމަސައްކަތް  ތިރީގައިއެވާ ފަރާތާއި ޙަވާލުކުރުމަށް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް

ވިޔަފާރީގެ ނަން: ބެލް އިންވެސްޓްމަންޓް

ހުށަހަޅާފައިވާ އަގު: -/38،000 (ތިރީސްއަށްހާސް ރުފިޔާ)

މުއްދަތު: 15 (ފަނަރަ) ދުވަސް

ހުށަހާޅާފައިވާ ބިޑާގުޅިގެން ޝަކުވާހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހުގެ ތާރީޚްއަކީ 2026 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 14:00އެވެ. މިތާރީޚްގައި ސްޓޭންޑް – ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްޞީލް ހޯދުމަށްއެދޭއިރު މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރ އެނގޭނެހެން  [email protected] އަށް އީމެއިލް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އޮކްޓޫބަރު 2026