ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2026/67
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 18 އޮކްޓޫބަރު 2026 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް - 2026 އިންތިޒާމްކޮށް ހިންގާދިނުމުގެ މަސައްކަތް ހަވާލުކުރެވު ފަރާތް އާއްމުކުރުން

ިޢުލާން

ތުލުސްދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް - 2026 އިންތިޒާމްކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)333/333/2026/61 އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މިމަސައްކަތް ތިރީގައިވާ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް

ވިޔަފާރީގެ ނަން: އިވެންޓް ސާރވް މޯލްޑިވްސް

ހުށަހަޅާފައިވާ އަގު:

މުބާރާތް ހިންގުމަށް ހުށައަޅާ އަގު:

(ތިރީގައި ހިމެނިފައިވާ ބައިތައް ނުލާ)

295,000.00ރ (ދެލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ)

ކޮންމެ މެޗެއްގެ އެންމެ މޮޅުކުޅުންތެރިޔާގެ ޓްރޮފީ އަގު:

1,200.00ރ (އެއްހާސް ދުއިސައްތަ ރުފިޔާ)

އެކެއް ދުވަހަށް 04 ރެފްރީންގެ ހުރުމަށާއި ކެއުން އަދި ދަތުރު ޚަރަދު :

4,080.00ރ (ހަތަރުހާސް އަށްޑިހަ ރުފިޔާ)

މުބާރާތް ލައިވް ކޮށްދެވޭނެ އަގު:

60,000.00ރ (ފަސްދޮޅަސްހާސް ރުފިޔާ)

 

ހުށަހާޅާފައިވާ ބިޑާގުޅިގެން ޝަކުވާހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހުގެ ތާރީޚްއަކީ 2026 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 14:00އެވެ. މިތާރީޚްގައި ސްޓޭންޑް – ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްޞީލް ހޯދުމަށްއެދޭއިރު މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރ އެނގޭނެހެން  [email protected] އަށް އީމެއިލް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

 

14 އޮކްޓޫބަރު 2026