ދިވެހިރާއްޖެ
ހއ.ވަށަފަރު ޕޮލިސް ސްޓޭޝަން އެޅުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ސަރަހައްދުގައި ހުރި ރުއްގަހުގެ ތެރެއިން VC-01 އިން VC-15 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު 2026 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާނެކަމުގައި ދަންނަވަމެވެ.
"އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" އާއި ރުއްގަސް ހިމެނޭ ސަރަހައްދުގެ ޗާޓު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.