ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-D/294/2026/47
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:10
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ދުއްވުމުގެ އެގްޒަމިނަރުން ނެގުމާއި ގުޅޭ

ކަނޑު އުޅަނދު ދުއްވުމުގެ އެގްޒަމިނަރުން ނެގުމާއި ގުޅޭ

                 ނ.މަނަދޫ ކައުންސިލުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސު ދޫކުރުމުގެ ޙިދުމަތް ފެއްޓުމުގެ ގޮތުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އިމްތިހާން ދެއްވުމަށް އެގްޒަމިނަރަކު ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީ މެދުވެރިކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ފެންވަރު ނުވަތަ ޝަރުތު

 

  • ނިޔަމިކަމުގެ ސެޓްފިކެޓް އޮތުން.
  • މަދުވެގެން 1 އަހަރުދުވަހު ކަނޑު އުޅަނދު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް ވުން.

(ކަނޑު އުޅަނދު ދުއްވުމުގެ ގިނަ ކެޓަގަރީތައް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

       2. ކަނޑު އުޅަނދު ދުއްވުމުގެ އެގަޒަމިނަރުންނަށް ވުމަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ      ލިޔެކިޔުންތަކާއި އެކު ފޮނުވުމަށް ދެންނެވީމެވެ.

  • Ø      ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
  • Ø      ނިޔަމިކަމުގެ ސަނަދު ކޮޕީ
  • Ø      އައިޑީ ކާޑު ކޮޕީ

 

  1. 3.      އުޖޫރަ
  • Ø      ކޮންމެ އިމްތިހާނަކުން އެގްޒަމިނަރުން އަށް 50/- ރ ކަނޑައެޅިފައިވެއެވެ.

 

                      ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ. 

13 އޮކްޓޫބަރު 2026