ދިވެހިރާއްޖެ
މިރަށު އުތުރު ފަރާތު އަތިރިމަތީގައި ހަދާފައިވާ ޕާކުތަކުގެ ރަޖިސްޓްރީ ހެއްދުމަށާއި، އަދި އެ ޕާކުތަކުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަސް، އެ ރުއްގަހުގެ ވެރިފަރާތްތަކުން ސާފުކޮށް ބަލަހަޓަމުން ނުގެންދިއުގެ ސަބަބުން، އެރުގަހުން ވެއްޓޭ ތަކެތިން، ޕާކުތަކުގައި މަޑުކޮށްލާ ފަރާތްތަކަށް ނުރައްކަލާއި ކުރިމަތިލާންޖެހޭ ޙާލަތްތައް މެދުވެރިވާގޮތް ދިމާވަމުންދާތީ، ހަންޏާމީދޫ ކައުންސިލްގެ 05 ވަނަ ދައުރުގެ 09 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވަނީ، މިދެނެވި ޕާކުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ބަދަލު ދިނުމަށްފަހު މިވަގުތަށް ކޮންމެހެން ކަނޑާލަންޖެހޭ ރުއްގަސް ކަނޑާލުމަށެވެ. އަދި ކޮންމެހެން ކަނޑާލަން ނުޖެހޭ ރުއްގަސް ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ބެހެއްޓުމަށެވެ.
ޕާކުތަކުގެ އިންފާރުތަކަށް އަރާފައިވާ ރުއްގަހަކީ ނުވަތަ އެރުކެއް ނުވަތަ ގަހެއްގެ ސަބަބުން ޕާކުގެ އިންފާރަށް ބައްޓަމެއް ގެންނަން ޖެހިފައިވާ ރުއްގަހަކީވެސް ޕާކުގެ ތެރޭގައިވާ ރުއްގަސްކަމުގައި ބެލެވޭނެއެވެ.
ވީމާ، މަތީގައި ދަންނަވާ، ރަށުގެ އުތުރުފަރާތު ޕާކުތަކުގައިހުރި ރުއްގަހުގެ ވެރިން، އެ ފަރާތެއްގެ ރުއްގަހުގެ މަޢުލޫމާތު 2026 އޮކްޓުބަރު 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދެއްވުން އެދެމެވެ.
- · ރުއްގަހާއި ބެހޭގޮތުން ކައުންސިލަށް ފޯރުކޮށް ދިނުމަށް އެދޭ މަޢޫލޫމާތު.
ގޭގެވެރިފަރާތުން ރުއްގަހުގައި އެއްވެސް ނަންބަރެއް ޖަހާފައިވާނަމަ އެ ނަންބަރު.
ރުއްގަހުގެ ވެރި ފަރާތުގެ ނަމާއި އެޑްރެސް.