ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/248
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 20 އޮކްޓޫބަރު 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ގްރޭޑް:

07

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު  8,850.77ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,739.19ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

25

މުސާރަ:

މަހަކު 7,372.44 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,159.62 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  2. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސެޓްފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

20

މުސާރަ:

މަހަކު 6,330.97 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,713.27ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. ގްރޭޑް 12 ނިންމާފައިވުން. ނުވަތަ
  2. ގްރޭޑް 10 ނިންމާފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން
  • ކޮންމެ ސެމިސްޓަރއެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކަށް ބޭނުންވާ ހާޒިރީ ފައިލްތައް ތައްޔާރުކުރުން.
  • ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ރެކޯޑްތައް ބެލެހެއްޓުން
  • ލެކްޗަރަރުންނާ ކުރެވޭ މުއާމަލާތްތަކުގެ ރެކޯޑްތަކާއި ދަރިވަރުންނާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
  1. އޮރިއަންޓޭޝަން ޕްރޮގްރާމްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން: ފެކަލްޓީއާ އަލަށް ގުޅޭ ދަރިވަރުންނާއި ވިޒިޓިންގ ލެކްޗަރަރުންނަށް ބާއްވާ އޮރިއަންޓޭޝަން ސެޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  2. އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރު ހިފެހެއްޓުމާ ގުޅޭ  އިވެލުއޭޝަންތައް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން:
  • ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރެވޭ އެކި ދިރާސާތަކާއި އިވެލުއޭޝަންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ގުޅިގެން ހޯދުން.
  • ޑީންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް  ޕޮލިސީ އެންޑް ކުއަލިޓީ މެނެޖްމަންޓް ޔުނިޓަށް ބޭނުންވާ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.
  • ފެކަލްޓީ އިން ކޮންމެ ސެމިސްޓަރއެއްގައި އޮފަރ ކުރާ މާއްދާތަކުގެ ޓީޗިންގ އެންޑް ލާރނިންގ އާގުޅޭ އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.
  1. ކިޔަވައިދިނުމަށް  ބޭނުންވާ ލިޔެކިޔުންތައް ޕްރިންޓްކުރުމާއި، ފޮޓޯކޮޕީ ހެދުމާއި، ހަވާލުކުރުން:
  • ލެކްޗަރަރުންނަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ޕްރިންޓްކޮށްދިނުން
  • އިމްތިހާނު ކަރުދާސްތަކާއި އެހެނިހެން ލިޔުންތައް ފޮޓޯކޮޕީ ހަދައި ކަމާގުޅޭ ފަރާތްތަކާ ހަވާލުކުރުން.
  1. ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި މުއާމަލާތްކުރުން:
  • ނޯޓިސްބޯޑު، ފެކަލްޓީގެ ޓެލެގްރާމް، ވެބްސައިޓް އަދި އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް އެންގޭ އެންގުންތަކާއި، ޓައިމްޓޭބަލް ތަކާއި، ކެންސަލްވާ ކުލާސްތަކާއި ރީޝެޑިއުލް ކުރެވޭ ކުލާސްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
  • ފެކަލްޓީން ރާވައިގެން ބާއްވާ ގެސްޓް ލެކްޗަރތައް އިންތިޒާމްކޮށް، އެކަން ދަރިވަރުންނަށް އެންގުން.
  1. ދަރިވަރުންގެ ހާޒިރީ ރެކޯޑްތައް ބެލެހެއްޓުމާއި، މެޑިކަލް ސެޓްފިކެޓް އަދި އިދާރީ މުއާމަލާތްތައް:
  • ކޮންމެ ހަތަރު ހަފުތާއަކުން ހުރިހާ މާއްދާތަކެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކުރުން
  • ދަރިވަރުން ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކުގެ ރެކޯޑްތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
  • ދަރިވަރުން ހުށަހަޅާ އެކި ފޯމުތަކާއި، ސިޓީތަކާއި އީމެއިލްތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ޖަވާބުދިނުން.
  1. ފެކަލްޓީ ފެންވަރުގައި ބާއްވާ އިމްތިހާނުތަކާ ގުޅޭ ކަންކަން އިންތިޒާމުކުރުމާއި ބެލެހެއްޓުން:
  • މިޑް-ސެމެސްޓަރ އިމްތިހާނުތަކާއި ފެކަލްޓީގެ ތެރޭގައި ބާއްވާ އެހެނިހެން އިމްތިހާނުތަކުގެ އިދާރީ އިންތިޒާމުތައް ރާވައި ތަންފީޒުކުރުން.
  • އިމްތިހާނު ހޯލު ބެލެހެއްޓުމުގައި އެހީތެރިވުން.
  • މޮޑެރޭޝަނަށް ބޭނުންވާ އިމްތިހާނު ކަރުދާސްތައް ސްކޭންކޮށް ކަމާގުޅޭ ލެކްޗަރަރުންނަށް އީމެއިލްކުރުން
  • އިމްތިހާނު ކަރުދާސްތައް، މާކުކޮށް ނިމުމުން ކަރުދާސްތައް އެއްކޮށް ރައްކާތެރިކަމާއެކު ފައިލްކޮށް ރެކޯޑް ބެލެހެއްޓުން.
  • އިމްތިހާނު ކަރުދާސް އަލުން މާކުކުރުމާއި ރިވިއުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  1. ކޮމިޓީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާ ބެލެހެއްޓުން:
  • ފެކަލްޓީގެ އެކި ކޮމިޓީތަކުގެ (އެކަޑެމިކް ރިވިއު ކޮމިޓީ، މެނޭޖްމަންޓް ކޮމިޓީ،  ކޮލިޓީ މެނޭޖްމަންޓް ކޮމިޓީ، ކަރިކިއުލަމް ކޮމިޓީ އަދި އެޑްވައިޒަރީ ކޮމިޓީ) ބައްދަލުވުންތައް އިންތިޒާމުކޮށް ކޮމިޓީގައި ބައިވެރިވާ ފަރާތްތަކަށް އެންގުން.
  • ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުން.
  • ކޮމިޓީގެ ބައްދަލުވުން ބާއްވާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ޔައުމިއްޔާ ތައްޔާރުކޮށް، ފައިލްކޮށް ބެލެހެއްޓުން.
  1. ލެކްޗަރަރުންގެ ދަތުރުފަތުރާއި ލޮޖިސްޓިކްސް އިންތިޒާމްކުރުން:
  • ކެމްޕަސްތަކަށް ދަތުރުކުރައްވާ ލެކްޗަރަރުންގެ ޓިކެޓް ބުކްކުރުމާއި ދަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން.
  • ފެކަލްޓީގެ ބްލޮކް ދަތުރުތަކުގެ ތާވަލާ އެއްގޮތަށް އެކަޑަމިކް މުވައްޒަފުންގެ ދަތުރުތައް ރާވައި، ކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ފެކަލްޓީއަށް ޒިޔާރަތްކުރައްވާ ވިޒިޓިންގ ލެކްޗަރަރުންގެ ވިސާ އަދި އިންޝުއަރެންސްގެ ކަންކަން ފުރިހަމަކުރުން.
  1. އިދާރީ ހިންގުމާއި ލިޔެކިޔުމުން އެކިފަރާތްތަކާ މުއާމަލާތްކުރުމާއި  ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން:
  • ފެކަލްޓީއަށް ލިބޭ ސިޓީތައް ބަލައިގަނެ އެންޓްރީކުރުން.
  • ފެކަލްޓީން ފޮނުވާ ރަސްމީ ސިޓީތައް ތައްޔާރުކޮށް ފޮނުވުން.
  • ފެކަލްޓީއަށް ހުށަހެޅޭ ފޯމުތަކާއި އީމެއިލްތައް ނިޒާމީގޮތެއްގައި ފައިލްކޮށް ބެލެހެއްޓުން.
  • ރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުމުގެ ޒިންމާ އުފުލުން.
  • ނުރަސްމީ ގަޑިއެއްގައި އޮފީސް ހުޅުވަންޖެހިއްޖެނަމަ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ހޯދުން.
  • އެހެން އިދާރީ މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ހާލަތްތަކުގައި، ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފެއްގެ މަސައްކަތްތަކާ ހަވާލުވެ، މަސައްކަތްތައް ކުރުން.
  1. ޚާއްޞަ ހަރަކާތްތައް، މާރކެޓިންގ އަދި ސަނަދު ތައްޔާރުކުރުން:
  • ފެކަލްޓީން ބާއްވާ ކޮންފަރެންސްތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތައް އަދި ދަރިވަރުންގެ އެކި ހަރަކާތްތައް ރާވައި އިންތިޒާމްކުރުން.
  • މާރކެޓިންގ ޑިޕާޓްމަންޓާ ގުޅިގެން ފެކަލްޓީގެ ކޯސްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން.
  • ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންނަށް ދެވޭ ސަނަދުތައް ތައްޔާރުކޮށް ދިނުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
    • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2026-248

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
             

 

 

13 އޮކްޓޫބަރު 2026