މަސައްކަތް
ނަންބަރު: 1095/IUL/2026/36
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 22 އޮކްޓޫބަރު 2026 14:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންޖެހޭ ބައެއް މަރާމާތު ކުރުން

ސްކޫލްގައި ކުރަންޖެހޭ ބައެއް މަރާމާތު ކުރުން

  1. މިސްކޫލްގެ ބައެއް މަރާމާތުތައްކުރުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި  14 އޮކްޓޯބަރ 2026 އިން ފެށިގެން 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  21 އޮކްޓޯބަރ 2026 ވާ ބުދަދުވަހުގެ ކުރިން މި އިޢުލާނުގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 25 އޮކްޓޯބަރ 2026 ވާ އާދީއްތަދުވަހުގެ 11:00 ގައި އައްޑޫ ހައިސް ސްކޫލް ސެމިނަރރޫމްގައެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. މިމަސައްކަތާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                                       

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

02 ޖުމާދަލްއޫލާ 1448

13 އޮކްޓޯބަރ 2026

13 އޮކްޓޫބަރު 2026