ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2016/ 01
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 03 މާރިޗު 2016 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމް:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

GS3

މަޤާމުގެ ރޭންކް:

-/4465 ރުފިޔާ

މުސާރަ:

- މުސާރަ: -/4،465 ރުފިޔާ

- ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް % 35

އިތުރުގަޑި: މި މަގާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

އެހެނިހެން

ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ސްޓެޓިސްޓިކްސް ޑިވެލޮޕްމަންޓް އެންޑް ކޯޑިނޭޝަން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް.

މަޤާމް ބޭނުންވާ ސެކްޝަން:

އައްޑޫސިޓީ ކައުންސިލް އިދާރާ،  ސ. ހިތަދޫ   

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  3  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. 2 މާއްދާއިން (ހިސާބު އަދި އިކޮނޮމިކްސް، ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް  ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.      

 

 

މަޤާމުގެ ޝަރުޠުތައް:

1. ސަރުކާރުގެ އެކިއޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން.

2. އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ ތަފާސްހިސާބުގެ ތަމްރީން ޕްރޮގްރާމްތައް ވިލަރެސްކުރުން.

3. އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރިކޯޑް ބެލެހެއްޓުން.

4. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބާބެހޭ ޑިވިޜަނުން އެކުލަވައިލުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތަފާސްހިސާބުގެ އަހަރީފޮތަށް ބޭނުންވާ ރަށުފެންވަރުގެ ތަފާސްހިސާބު ފޯރުކޮށްދިނުން.

5. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމާއި، ކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.

6. އަތޮޅާއި ރަށުފެންވަރުގައި މަސައްކަތް ހިންގާ ތަންތަނުގެ ލިސްޓެއް ބެލެހެއްޓުން.

7. ބޯހިމެނުމާއި  ސަރވޭތަކަށް  ބޭނުންވާ  ލިސްޓިންގ  ރަށުފެންވަރުގައި  ނެގުމާއި،  މި  މަޢުލޫމާތު  އަޕްޑޭޓްކުރަން  ބޭނުންވާ މިންވަރަކުން އެ މަސައްކަތްކުރުން.

8. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށުގެ ޗާޓުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

9. ބޯހިމެނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ހަރަކާތްތެރިވާ އިނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީންކުރުން.

10. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިޒުކޮށް ވިލަރެސްކުރުން.

11. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސުޕަވައިޒްކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން.

12. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތް ހިނގާގޮތުގެ މަޢުލޫމާތުދީ، ގަވައިދުން ރިޕޯޓްކުރުމާއި، ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

13. ކުއްލި ހާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އެމަރޖެންސީ އިންފޯ ހަލުވިކަމާއެކު ނެގުމަށްޓަކައި އެހީތެރިވުން.

14. ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ، ނަފްސާނީ، ފަންނީ ޤާބިލްކަންހުރި މިންވަރު.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

މި މަގާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުކުރުމާއި އިމްތިޙާންކުރުން، އައްޑޫސިޓީ ކައުންސިލްގެ އިދާރާގައްޔާއި، މާލޭގައި އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައެވެ.

އިންޓަވިއުކުރުމާއި،  އިމްތިޙާން ކުރުން:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ ދެވަނަ  ފަންގިފިލާއިންނާއި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)  

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައި)

4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

2016 މާރިޗު 3 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ ދެވަނަ ފަންގިފިލާއަށް ނުވަތަ [email protected] އަށް މެއިލްކުރުން އެދެމެވެ.

ސުންގަޑި:

 

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349395 ނަންބަރު ފޯނަށް ނުވަތަ 3349388 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލާމާތު:

13 ޖުމާދަލްއޫލާ 1437 
22 ފެބުރުވަރީ 2016