ދިވެހިރާއްޖެ
އިޢުލާން
މިހާރަކަށް އައިސް ރަށުގެ މަގުތަކުގައި ހިނގާމީހުންނާއި، ދުއްވާތަކެއްޗައް އުދަގޫވާގޮތަށް ގަސްއިންދުމާއި، ތަކެތި މަގުތަކުގައި ބަހައްޓާކަން ވަނީ ފާހަގަކުރެވިފައެވެ. ރަށުގެ މަގުތަކަކީ އެންމެހާ ރައްޔިތުންނަށް އަމާން ސާފު މަގުތަކެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރުމަކީ އެންމެހާ ރައްޔިތުންގެ ޒިންމާއެކެވެ. ރަށުގެ މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި މަގުތަކުގައި ބަހައްޓާފައިވާ މުދަލާއި، ވެލިފުނި ތަކާއި އަދި ހިގާމީހުންނާއި ދުއްވާތަކެއްޗައް އުދަގޫވާގޮތައް ހުރި ގަސްގަހާގެއްސާއި، ވިނަގަޑުތައް ނަގާ ސާފްކުރުމަށް އެފަދަ ތަކެތި ބެހެއްޓިފައި ހުރި ގޭގޭގެ ވެރިފަރާތްތަކަށް އަންގަމެވެ.
މަގުތަކުގެ ސާފުތާހިރު ކަމާއި، ރައްކާތެރިކަމަށްޓަކައި ގޭގޭގެ އިންފާރުން ފެށިގެން އެއްފޫޓައްފުރެ އިތުރުނުވާގޮތައް މަގުގެ ސާފުތާހިރުކަން ނުގެއްލޭފަދަ ގަސް ފިޔަވައި އިތުރު ގަސްގަހާގެހި މަގުތަކުގައި ނުބެހެއްޓެވުމަށް ދަންވަމެވެ. މީގެއިތުރަށް މަގުމަތީގައި އިންދާ ގަސްގަހާގެހީގައި ކޮށިގަނޑު ހަދައި، އިތުރު ތަކެތި ނުބެހެއްޓުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.