ދިވެހިރާއްޖެ
ކުރިޔަށް އޮތް 5 އަހަރުގެ (2027-2030) ހއ. ވަށަފަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގެ މަސައްކަތްކޮއްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2026 (އަންގާރަ) އިން ފެށިގެން 20 އޮކްޓޫބަރު 2026ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބީލަން ރަޖިސްޓްރީ ކުރުމަށް ފޯރމު ހުށައެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 13:00 ގައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުން ފުޅުވެލައްވާނަމަ، 20 އޮކްޓޫބަރު 2026 ވާ (އަންގާރަ) ދުވަހުގެ 12:00ގެ ކުރިން، މިއިދާރާގެ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 9157188 އަށް.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.