ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-HR/328/2026/149
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި:
29 އޮކްޓޫބަރު 2026 12:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ 05 ވަނަ ދައުރުގެ ލާފާދޭ ކޮމިޓީއަށް މެންބަރުން ހޯދުމަށް ހުޅުވާލުން
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ 05 ވަނަ ދައުރުގެ ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ޝައުޤުވެރިވާ
ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މި ކޮމިޓީއަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވާ ބުރާސްފަތި
ދުވަހުގެ މެންދުރުފަހު 12:00 އެވެ. ނަން ހުށަހަޅުއްވާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ.
އޮންލައިން ފޯމްގެ ލިންކު: https://forms.cloud.microsoft/r/fEULpQtS3D
ކޮމިޓީއަށް މެންބަރުން ބޭނުންވާ ދާއިރާތައް:
- ކުރެންދޫގެ މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބެއް
- ކޮންސްޓްރަކްޝަން ދާއިރާގެ މަންދޫބެއް
- ފަތުރުވެރިކަމުގެ ދާއިރާގެ މަންދޫބެއް
- އޮޑިވެރިންގެ ފަރާތުން މަންދޫބެއް
- ވިޔަފާރިތަކުގެ ފަރާތުން މަންދޫބެއް
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
12 އޮކްޓޫބަރު 2026