ކުއްޔަށް ދިނުން
ނަންބަރު: (IUL)284-A/284/2026/48
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި:
22 އޮކްޓޫބަރު 2026 11:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިލަންދޫ އަތިރިމައްޗާއި، ބަނދަރު ސަރަހައްދުގެ އިތުރުން މިލަންދޫ ރަންވިލު ޕާކުގައިވާ ރައްޔިތުންގެ އެންމެހައި ރުއްގަސް ކުއްޔަށް ދޫކުރުމާއި ގުޅޭ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިލަންދޫ އަތިރިމައްޗާއި، ބަނދަރު ސަރަހައްދުގެ އިތުރުން މިލަންދޫ ރަންވިލު ޕާކުގައިވާ ރައްޔިތުންގެ އެންމެހައި ރުއްގަސް ކުއްޔަށް ދޫކުރުމާއި ގުޅޭ
- ށ.މިލަންދޫ އަތިރިމައްޗާއި، ބަނދަރު ސަރަހައްދުގެ އިތުރުން މިލަންދޫ ރަންވިލު ޕާކުގައިވާ ރައްޔިތުންގެ އެންމެހައި ރުއްގަސް ކުއްޔަށް ހިފާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.milandhoo.gov.mv/f/o74hm4pm
- މި ބިލާމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މި އިއުލާނާއެކު މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމް ހިމެނިފައިވާނެއެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 2026 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އެ މަޢުލޫމާތެއް މި އިދާރާއަށް ދުރުވެ ސާފުކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮކްޓޯބަރ 22 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 ގައި މިލަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
13 އޮކްޓޫބަރު 2026