ޢާންމު މަޢުލޫމާތު
ނަންބަރު: 680-A/IUL/2026/12
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 23:11
ސުންގަޑި: 21 އޮކްޓޫބަރު 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުޞަތު (ވޯކްވޭ ހެދުމުގެ މަސައްކަތް)

އިޢުލާން

މިކޯޓުގެ ގޯތިތެރޭގައި ވޯކްވޭ ހެދުމުގެ މަސައްކަތް ކުރުން

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ގޯތިތެރޭގައި ވޯކްވޭ ގައު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް[email protected]  އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް މިކޯޓަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ދީފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށާއި އަދި މި މަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގް ގައި ބައިވެރިވާ ފަރާތްތަކަށެވެ.

މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް، އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

19 އޮކްޓޫބަރު 2026

ހޯމަ

12:00

ޕްރީބިޑް މީޓިންގް ބާއްވާގަޑި

19 އޮކްޓޫބަރު 2026

ހޯމަ

13:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

21 އޮކްޓޫބަރު 2026

ބުދަ

13:00

 

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6840051 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

‏01‏ ޖުމާދަލްއޫލާ‏ 1448

‏12‏ އޮކްޓޯބަރ‏ 2026

         

 

12 އޮކްޓޫބަރު 2026