ކުއްޔަށް ދިނުން
ނަންބަރު: (IUL)270/INDIV/2016/9
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 02 މާރިޗު 2016 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ދިނުމަށް

ތިރީގައި މި ބަޔާންކުރާ ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
  1. މަކުނުދޫ ރައްޔިތުންގެ ރުއްގަނޑޭ ކިޔޭ ރުއްތައް. ( ފޯދިފައިވާ 80 ރުއް )
  • ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:

މީލާދީ 2 ( ދޭއް ) އަހަރު

  • ސުންގަޑި:

02 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލްގެ އިދާރާއަށް.)

  • އަގު ހުށަހަޅަންވީ ގޮތް:
  1. މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
  2. މިކަމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.  
  3. އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
  4. ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލު ސިޓީ ހުށަހަޅަންވާނެއެވެ.
  5. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016