މަސައްކަތް
ނަންބަރު: (IUL)267-ESMS/267/2026/78
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 15 އޮކްޓޫބަރު 2026 10:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީ އެޅުވުމާއި މަރާމާތުކުރުމާއި ސާވިސްކުރުން

މި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގެ އޭސީ މަރާމާތުކޮށް ސާވިސްކުރުމާއި އަދި މަސްޖިދުލް ފިރުދައުސްގެ އޭސީތައް ސާވިސްކުރުމާއި އެޅުވުމުގެ މަސައްކަތްކުރުމަށް ބޭނުންވާތީ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ނުވަތަ މި ކައުންސިލްގެ މެއިލް  [email protected]  އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުއްވޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

12 އޮކްޓޫބަރު 2026