ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)146-A1/1/2026/38
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 20 އޮކްޓޫބަރު 2026 13:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޯޓު އެޑްމިނިސްޓްރޭޝަން އޮފިސަރ (ވަގުތީ)

 ނަންބަރު: IUL)146-A1/1/2026/38)

އިޢުލާނު

މަޤާމު:

ކޯޓު އެޑްމިނިސްޓްރޭޝަން އޮފިސަރ  (ވަގުތީ)

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

 މުއްދަތު: ގިނަވެގެން 06 މަސްދުވަސް (ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން ވިހެއުމުގެ ޗުއްޓީގައި ހުންނަ މުވައްޒަފު ޗުއްޓީ ނިމޭ ދުވަހާ ހަމައަށް)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޓް އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ކޯޓު /  ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައި

މުސާރަ:

 -/11،290 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/4،265 ރުފިޔާ
  • ހާޒިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/135 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/140 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޙަވާލުކުރެވޭ ކައިވެނި ފޯމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް:

  • ކައިވެނި ކުރުމަށް އެދި ހުށަހަޅާ ފޯމްތައް ދުވަހުން ދުވަހަށް ޗެކްކޮށް ފޯމުގައިވާ މައުލޫމާތުތައް ކައިވެނި ޕޯޓަލްއަށް  އެންޓަރކުރުމާއި ފައިލް ތައްޔާރުކުރުން.
  • ހުށަހެޅޭ ކައިވެނި ފޯމްތަކާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކަށާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ސިޓީ/މެސެޖް ފަދަ ތަކެތި ފޮނުވުމާއި، އެ ސިޓީ/މެސެޖްތަކުގެ ޖަވާބުހޯދައި ކައިވެނި ކުރަންއެދި ހުށަހަޅާ ދުވަހަށް އެކަމާއި ގުޅޭ އެންމެހައި ލިޔެކިއުންތައް ހަމަކުރުން.
  • ކައިވެނި ފޯމުގައިވާ މަޢުލޫމާތު ކަށަވަރުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ޙާއްޞަ ޝަރުޢީ މައުޛޫނަކު ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާފައިވާނަމަ، އެކަމާގުޅޭ އެންމެހައި އިދާރީކަންކަން ފުރިހަމަކުރުން.
  • ކައިވެނި ފޯމާ ގުޅިގެން އެކި އިދާރާތަކުން ސާފުކުރަންޖެހޭ ރެކޯޑްތައް ސާފުކޮށް ނިމުމުން ކައިވެނި ހަމަޖެއްސުމުގެ ހުއްދަ ހޯދުމަށް ކައިވެނީގެ ރަޖިސްޓްރަރ އަށް ފޮނުވުން.
  • ކައިވެނި ހަމަޖެހުމުން، ފައިސާ ދެއްކުމަށް ކައިވެނިވާ ފަރާތަށް އެންގުން.
  • ފައިސާ ދައްކާ ނިމުމުން، ކައިވެނި ޕޯޓަލްގައިވާ މަޢުލޫމާތުތައް ޗެކްކުރުމަށްފަހު ކައިވެނީގެ ސެޓްފިކެޓް ޕްރިންޓްކުރުން.
  • ކައިވެނި ކުރުމުން ވަރީގެ ދަފްތަރުން ވަރި ކެންސަލްކުރުން.
  • ކައިވެނި ނިމުމުން ކައިވެނި ފޯމާއެކު ހިމަނަންޖެހޭ އެންމެހައި ލިޔެކިޔުންތައް ސްކޭންކޮށް އެކަމަށް ހާއްސަކުރެވިފައިވާ ފޯލްޑަރގައި ސޭވްކުރުމަށްފަހު ފައިލްކުރުމަށް ހަވާލުކުރުން.
  • ކެންސަލްވާ ކައިވެނި ފޯމްގެ އެންމެހައި ލިޔެކިޔުންތައް ސްކޭންކޮށް އެކަމަށް ކަނޑައެޅިފައިވާ ފޯލްޑަރގައި ސޭވް ކުރުމަށްފަހު ފައިލްކުރުން.

2- އެހެނިހެން މަސައްކަތްތައް:

  • ރާއްޖެއިން ބޭރަށް އެކިއެކި ކަންކަމުގައި ކައިވެނި ސެކްޝަނުން ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވުން.
  • ކައިވެނި އަދި ވަރިއާ ގުޅިގެން އެކި ފަރާތްތަކުން އިނގިރޭސިބަހުން ހުށައަޅާ ސިޓީ އަދި އީމެއިލްތަކަށް ޖަވާބުދިނުން.
  • ކައިވެނީގެ ރެކޯޑް ސާފުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ފޮނުވާ ހުރިހާ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  • ރަސްމީގަޑީގައި ކުރާ ކައިވެނިތަކަށް މީހުން ވެއްދުމާއި ކައިވެނި ނިމެންދެން ކައިވެނި ހޯލުގައި ކައިވެންޏާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
  • ކޯޓުގެ ފަރާތުން ކުރިއަށް ގެންދާ ޚާއްސަ އިވެންޓްތަކާއި މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ރޮނގު

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޝަރީޢާ / ލޯ / ޝަރީއާ އެންޑް ލޯ

 

ޕްރިފަރޑް ޑިސިޕްލިންތައް:

- ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

- ބިޒްނަސް އެޑްމިިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ޝަރީޢާ / ލޯ / ޝަރީއާ އެންޑް ލޯ

ނޯޓު: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  3. މެނޭޖްމަންޓް
  4. ޝަރީއާ
  5. ލޯ
  6. ޝަރީޢާ އެންޑް ލޯ

އެހެނިހެން ޝަރުޠު

1.ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

2.ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފެމިލީ ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) www.familycourt.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން  (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާރކްސް

 

30

އަސާސީ ޝަރުޠު ހަމަވުން

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

15

އިމްތިހާނު ނުވަތަ ޕްރެކްޓިކަލް

10

ޕްރެޒެންޓޭޝަން

30

އިންޓަރވިއު

100

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރ 20 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، (2026 އޮކްޓޫބަރ 21 ން 2026 ނޮވެމްބަރ 29) އާ ދެމެދު، ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ) ނުވަތަ މިކޯޓުން ކަނޑައަޅާ ތަނެއްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ފެމިލީކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3340502 / 3340503) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

12 އޮކްޓޫބަރު 2026