ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2016/23
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:56
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ހައުސިންގ ޔުނިޓްގެ ތެރެއިން ހދ. ހަނިމާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ހައުސިންގ ޔުނިޓާބެހޭ

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސްރޫޢުގެ ދަށުން ހދ. ހަނިމާދޫގައި ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ހދ. ހަނިމާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ހައުސިންގ ޔުނިޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ކުރެވުނު ނަންބަރު: IUL)258/2014/77)ފ(16 ޑިސެންބަރު 2014) އިޢުލާނުގައިވާ އުސޫލުތަކުގެ ތެރެއިން މިދަންނަވާ އުސޫލަށް ބަދަލު ގެނައުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލަފާ ދެއްވުމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މި ބަދަލު ގެނައުމަށް އަންގަވާފައިވާތީ މިއުސޫލަށް އަންނަނިވި ބަދަލު ވަނީ ގެނެވިފައެވެ.

14- ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި ދަރިންގެ މެދުން ބަހާލުމުން ތިމާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ 10 ޕޮއިންޓް.

ވީމާ، މަތީގައިވާ އިޞްލާޙު މި އުސޫލުތަކަށް ގެނެވިފައިވާވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016