ވަޒީފާގެ ފުރުޞަތު
ނަންބަރު: GS02/IUL/2016/09
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 01 މާރިޗު 2016 14:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

 އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު / ހދ. ކުޅުދުއްފުށި

ސެކްޝަން:

އެޑްމިން

ކުލެސިފިކޭޝަނާއި، ރޭންކް

އެސިސްޓަންޓް ޑިރެކްޓަރ / ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3 / MS3

މުސާރައާއި އެލަވަންސް:

މުސާރަ: މަހަކު -/7،035 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- އެކައުންޓިންގ/ ފައިނޭންސް /ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމަންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމަންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމަންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމަންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމާއި މަސްއޫލިއްޔަތުު:

- އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ބެލެހެއްޓުން.

- އަލަށް ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތައް ހަމަޖެއްސުމާއި، ސްކޫލަށް  ހިފާފައިވާ އިމާރާތް/ އެޕާޓްމަންޓް ބެލެހެއްޓުން.

- ޔައުމިއްޔާ ލިޔުމާއި ފައިލްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ މުވައްޒަފުން އެކަން ކުރާގޮތް ބެލުން.

- ފައިސާއާބެހޭ މަސައްކަތްތައް މުވައްޒަފުން ކުރަމުންދޭތޯ ބެލުން.

- އިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް، ޕްރިންސިޕަލްގެ މަޝްވަރާއާއެކު ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ބެހެއްޓުމާއި، މަރާމާތު ނުކުރެވޭވަރުގެ ތަކެތި ނީލަމަށް ފޮނުވުން ނުވަތަ ނައްތައިލުން.

- ސްކޫލުގެ ބަޖެޓާއި، މެއިންޓަނަންސާއި، އިދާރީ ކަންކަމާބެހޭގޮތުން އަންނަ ސިޓީއާއި ނޯޓްފަދަ ތަކެއްޗަށް، ޕްރިންސިޕަލްގެ މަޝްވަރާގެމަތިން ޢަމަލުކުރުން.

- ސްކޫލުގެ ބަޖެޓާ ނުބެހޭ އެކައުންޓަތަކާއި އާމްދަނީއަށް ލިބޭ ފައިސާގެ ކަންތައްތައް، ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދާ އެއްގޮތަށް، މުވައްޒަފުންނާ ހަވާލުކޮށްގެން ބެލެހެއްޓުން.

- ސްކޫލުން އެކި ފަރާތްތަކާ ކުރާ އެގްރީމަންޓް ތައްޔާރުކޮށް، އެއާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކުރުން.

- ސްކޫލުގެ ބަޖެޓާބެހޭ އެއްވެސްކަމެއް އޯޑިޓުގެ ގަވާއިދާ ޚިލާފަށް ހިނގާނަމަ، ސްކޫލުގެ އެންމެ އިސްވެރިޔާއަށް ވަގުތުން އެކަން އެންގުން.

- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންގެ މުސާރައިގެ ކަންތައް، ކަމާބެހޭ މުވައްޒަފުންނާ ހަވާލުކޮށްގެން ބެލެހެއްޓުން.

- އެސް.އޭ.ޕީ ބޭނުންކޮށްގެން މުސާރައާއި ބިލްތައް ޕޯސްޓްކުރުން.

- ސަރުދާރުންނާއި، މަސައްކަތު މީހުންނާއި، ވޮޗަރުންނާއި، ބަގީޗާ ބަލަހައްޓާ މީހުންގެ ޑިއުޓީ ބެލެހެއްޓުމާއި، އެމީހުންގެ މަސައްކަތްތައް ރަނގަޅަށް ކުރޭތޯ ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، މަސައްކަތަށް ފަރުވާކުޑަކޮށް މުވައްޒަފުންގެ އާންމު ގަވާއިދަށް ޙުރުމަތްތެރިކޮށް ނުހިތާނަމަ، ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ސްކޫލުގައި އާދަވެގެން ކުރާ ކަންތައްތަކުގެ އިތުރުންވެސް އެއްވެސް ކަމެއް ކުރަން ޖެހިއްޖެނަމަ، ޕްރިންސިޕަލްގެ މަޝްވަރާއާއެކު އެކަމެއް ކުރަންޖެހޭ އެންމެ ހެޔޮގޮތުގައި ކަމާބެހޭ މުވައްޒަފުން ލައްވައި ކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ދުވަސް، ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރު ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި  މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުން ދެއްވާފައިވާ ލިޔުމެއް.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 1 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިންނެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6528817 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016