ޢާންމު މަޢުލޫމާތު
ނަންބަރު: 563-B/2026/31
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 22 އޮކްޓޫބަރު 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
މި ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނެގުމާއި، މި ކޯޓުގައި ބޭނުންކުރަމުންދިޔަ އާއިލީ މައްސަލަތަކުގެ ފޯމްތައް ބަދަލުވުމާއި ގުޅޭ:

2026 އޮކްޓޫބަރު 01 ވަނަ ދުވަހު ގަވާއިދު ނަންބަރު 2026/R-60 )މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު) އަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، މި ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނަގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިޢުލާންކޮށްފައިވާ "މެޖިސްޓްރޭޓް ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނަގާނެ ގޮތުގެ ތާވަލު" ގައިވާ ގޮތުގެ މަތިން ކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. މި ތާވަލު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

އަދި މީގެ އިތުރުން 2026 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން މި ކޯޓުގައި އާއިލީ މައްސަލަތަކުގައި ހުށަހަޅަންޖެހޭ ފޯމްތައްވެސް ބަދަލުވެފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. މި ފޯމްތައް މި ކޯޓުގެ ވެބްސައިޓުންނާއި، މިކޯޓުގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ މަޢުލޫމާތަށްޓކައި ޙިއްސާކުރީމެވެ.

12 އޮކްޓޫބަރު 2026