ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)197-A3/1/2016/11
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 01 މާރިޗު 2016 11:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
1 ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ކޯޓަށް 01 (އެކެއް) ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަންބަރު IUL)197-A3/1/2016/9)ފ(10 ފެބުރުވަރީ 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016