ދިވެހިރާއްޖެ
ވިސިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2026 ގައި ކިހާދޫ ޓީމް، ކިހާދޫ އިން ދަރަވަންދޫއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަށް، ސްޕީޑް ލޯންޗުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ދަތުރުތަށް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 14 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދަތުރު ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. ކޮޓޭޝަންގައި ލޯންޗުގައި އެއްފަހަރާ ދަތުރު ކުރެވޭނެ ފަސިންޖަރުންގެ އަދަދު ހިމަނައިދެއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ ގްރޫޕް ސްޓޭޖްގެ 3 މެޗަށް ކޯޓޭޝަނެއް، ސެމީ ފައިނަލް މެޗަށް ކޯޓޭޝަނެއް، އަދި ފައިނަލް މެޗަށް ކޯޓޭޝަނެކެވެ. ސެމީ ފައިނަލް އަދި ފައިނަލް މެޗުގެ ދަތުރުތައް ކުރިއަށް ގެންދެވޭނީ ގްރޫޕް ސްޓޭޖްތަކުގެ މެޗްތަށް ނިންމާ ނަތީޖާ ބެލުމަށްފަހު މުބާރާތުގައި ކުރިއަށް ދާނަމައެވެ.
ޓީމް ދަތުރުކުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާވަލެއް މި އިޢުލާނާއިއެކު ބެހެއްޓިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް އަގު ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރަށްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.