ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1139-EMCD/1139/2026/214
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:54
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކ. ފިނޮޅުފަޅުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިމުގެ ތެރޭގައި ކަނޑައަޅާފައިވާ ސަރަހައްދަކީ "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް" (އޯ.އީ.ސީ.އެމް) ގެ ލަގަބު ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން

އުސޫލު ނަންބަރު2022/G-12  (ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް" (އޯ.އީ.ސީ.އެމް) ޤާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު) ގެ ދަށުން 12 އޮކްޓޫބަރު 2026 އިން ފެށިގެން، ކ. ފިނޮޅު ފަޅުގައި އޮންނަ ކްރޮސްރޯޑްށް މޯލްޑިވެސްގެ އިމުގެ ތެރޭގައި ކަނޑައަޅާފައިވާ ސަރަހައްދަކީ އޯ.އީ.ސީ.އެމްގެ ލަގަބު ލިބިފައިވާ ސަރަހައްދެއް ކަމުގައި ކަނޑައަޅައި، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ އުސޫލު ނަންބަރު 2022/G-12 ގެ ދަށުން މި ސަރަހައްދު ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގައިވާ ގޮތުގެ މަތިންނެވެ.

12 އޮކްޓޫބަރު 2026