ކުއްޔަށް ދިނުން
ނަންބަރު: (IUL)332-ADHR/332/2026/105
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:30
ސުންގަޑި:
21 އޮކްޓޫބަރު 2026 12:45
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އީ ކެޓަގަރީއިން ބިން ކުއްޔަށް ދޫކުރުން!
ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އީ ކެޓަގަރީން 04 ބިން ، ވިޔަފާރިތަކަށް މުދާ ރައްކާތެރިކަމާއެކު ގުދަންކޮށް ބެހެއްޓޭނެ އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމާއި، ތަރުތީބުވެފައިވާ ރައްކާތެރި މާޙައުލެއްގައި ޒަމާނީ ފެންވަރުގެ ވެއަރހައުސްތައް ތަރައްޤީކޮށް ހިންގުމުގެ ފުރުޞަތު އަމިއްލަ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ފަހިކޮށްދިނުމުގެ އިތުރުން ކައުންސިލަށް އާމްދަނީ އިތުރުކުރުމަށް 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 12 އޮކްޓޯބަރ 2026 ން 21 އޮކްޓޯބަރ 2026 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ ބީލަން ފޮތް12 އޮކްޓޯބަރ 2026 ން 21 އޮކްޓޯބަރ 2026 އަށް، ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންފޮތުގެ އަގަކީ 1،500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާއެވެ). އެއްވެސް ސަބަބަކާއި ގުޅިގެން ބީލަންފޮތް ގަތުމަށް ޚަރަދުކުރައްވާ ފައިސާއަކީ އަނބުރާ ދެވޭނޭ ފައިސާއެއްނޫނެވެ. ބީލަން ފޮތާއި ގުޅުން ހުރި ލިޔުންތައް ފޮނުވޭނީ ބީލަން ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ފޮތް ގަތުމަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އިދާރާއަށް ހުށަހަޅައި އިދާރާއިން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަ ކުރުމަށް ފައިސާ ދެއްކުމަށް އެންގުމުންނެވެ.
- މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 22 އޮކްޓޯބަރ 2026 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 25 އޮކްޓޯބަރ 2026 އާދިއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮން ކުންފުނިއަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071/ 7730071
އީމެއިލް: [email protected]
11 އޮކްޓޫބަރު 2026