ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: URH/IUL/2016/01
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 03 މާރިޗު 2016 13:30
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ޕްރިންޓަރ ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ރ.އަތޮޅުގެ ހެލްތްސެންޓަރުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރ.އަތޮޅުގެ ހެލްތްސެންޓަރުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެފުރުޞަތު ހުޅަވާލަމެވެ.

ވީމާ، މިތަކެތި ހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ގަނެ ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2016 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 މާރިޗު 2016 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ބިޑްޑޮކިއުމަންޓްގައި ހުންނަންޖެހޭ ލިޔުންތައް ހަމަނުވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.

16 ޖުމާދަލްއޫލާ 1437  

25 ފެބުރުވަރީ 2016