މުބާރާތް
ނަންބަރު: (IUL)325/325/2026/68
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 13 އޮކްޓޫބަރު 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮއި ފުޅަ ފެހެންދޫ ފުޓްސަލް ފިއެސްޓަރ 2026 ގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

           ބ. ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2026 މުބާރާތުގައި ބައިވެރިވުމަށް 10 ސެޕްޓެމްބަރު 2026 ގައި ކުރެވުނު އިޢުލާނު ނަންބަރު: (IUL)325/325/2026/61 08 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެ 12:00 އަށް މުއްދަތު ހަމަވިފަހުން ފަޅުތެރޭ 03 ރަށުންވެސް މުބާރާތުގައި ބައިވެރިވުމަށް އިތުރަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ސަބަބަބުން ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 01 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ގޮއި ފުޅަ ފެހެންދޫ ފުޓްސަލް ފިއެސްޓަރ 2026 " ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފަޅުތެރޭގެ ތިން ރަށް ކަމަށްވާ ބ. ގޮއިދޫ، ބ. ފެހެންދޫ އަދި ބ. ފުޅަދޫގެ އަންހެން / ފިރިހެން ދެޖިންސަށް އަލުން ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް އެރަށަކަށް ނިސްބަތްނުވާ ރަށުންބޭރު ކުޅުންތެރިންގެ ގޮތުގައި 2 ކުޅުންތެރިން ހިމެނިދާނެއެވެ.

                     މި މުބާރާތުގެފިރިހެން ޑިވިޝަންގެ ޗެންޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ .އަންހެން ޑިވިޝަންގެ ޗެންޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

              ވިމާ މިމުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި ގަވައިދު މިކައުންސިލްއިން ލިބެންހުންނާނެއެވެ.

           މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2026