ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/71
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:03
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ އަގު

 ކޮޅުމަޑުލު ވޭމަންޑޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯއްޗެއް އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު ކަނޑައެޅުމަށްޓަކައި ޤަވާޢިދު ނަމްބަރު: 2022/R-181 '' ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާޢިދު '' ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވޭމަންޑޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޢާންމު ބައްދަލުވުމުން ބިން އަމިއްލަ ކުރުމަށް ދައްކަން ކަނޑައަޅާފައިވާ އަގުތައް މުރާޖާކޮށް ވޭމަންޑޫ ކައުންސިލްގެ 05 ވަނަ ދައުރުގެ 09 ވަނަ ޢާންމު ބައްދަލުވުމުން، ވޭމަންޑޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް އަގު ނެގުމަށްވަނީ ނިންމާފައެވެ.

v             އެއްފަހަރާ ފައިސާދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 100.00 ރުފިޔާ.

v             ދެބަޔަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 120.00 ރުފިޔާ. 

v             ތިންބަޔަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓޫކަށް 130.00 ރުފިޔާ.

v             ތިން ބަޔަށްވުރެ އިތުރަށް (އެންމެ ގިނަވެގެން ބެހޭނީ 12 ބަޔަށް) ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 150.00 ރުފިޔާ .

             މިއަދުން ފެށިގެން މިއިދާރާގެ ނަންބަރު: (IUL)392-ADM/392/2023/3 (12 ޖަނަވަރީ 2023) އިޢުލާނުވަނީ ބާޠިލްކުރެވިފައެވެ.

 

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

11 އޮކްޓޫބަރު 2026