ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) MHCL-COO/MHCL/2016/2
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 03 މާރިޗު 2016 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

މުސާރަ:    -/13000 ރުފިޔާ

އެލަވަންސް: -/12000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މާރސްޓާރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، ނުވަތަ 
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލު ކޮށްފައިވުމާއެކު ކަމާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ތިރީގައި ބަޔާން ކުރެވިފައިވާ ޓެކްނޮލޮޖީތަކުގެ ތަޖުރިބާ ލިބި އަހުލުވެރި ފަރާތަކަށް އިސްކަންދެވޭނެއެވެ.

- ސީ ޝާޕްއާއި ޕީ.އެޗް.ޕީ، އެމް.އެސް.އެސް.ކިއު.އެލްއާއި މައި.އެސް.ކިއު.އެލް ޑާޓާބޭސް މެނޭޖްކުރުމާއި، މައިކްރޮސޮފްޓް އެމް.ވީ.ސީ 5 އަދި މައިކްރޮސޮފްޓް އެންޓިޓީ ފްރޭމްވާރކް 5 ނުވަތަ 6، ޕީ.އެޗް.ޕީ ފްރޭމްވާރކް ޔީ އަދި ޔީ 2 ، ރެސްޓް، ވެބް.އޭ.ޕީ.އައި، ފުރިހަމަ އޯ.އޯ.ޕީ އަދި މިނޫންވެސް މަސައްކަތާ ގުޅުން ހުރި ޓެކްނޮލޮޖީތައް

  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ހައްޖު މެނޭޖްމަންޓް ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިރާސާކޮށް ތަންފީޒު ކުރުމާއި ސިސްޓަމަށް ގެންނަންޖެހޭ ބަދަލުގެނައުން.
  • ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އާންމު ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ވެބް އެޕްލިކޭޝަން ހެދުން.
  • ކޯޕަރޭޝަންގެ ފަރާތުން ޙައްޖާއި ޢުމްރާ އޮޕަރޭޝަންތަކަށް މައްކާ އަދި މަދީނާގައި ބޭނުންކުރުމަށްޓަކައި އެ އޮޕަރޭޝަންތަކަށް ޚާއްޞަ ސޮފްޓްވެއަރއެއް ތައްޔާރުކުރުން.
  • ކޯޕަރޭޝަންގެ މަސައްކަތްތަކަށް ބޭނުން އެހެނިހެން ސޮފްޓްވެއަރތައް ތައްޔާރުކުރުމާއި މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް ބެލެހެއްޓުން
  • ކޯޕަރޭޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި އާންމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމަށް ގެންނަ ބަދަލުތަކާ ގުޅޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.
  • ކޯޕަރޭޝަންގެ ބޭނުންތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރއާ ބެހޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ނިޒާމަށް ވަދެވޭނެގޮތް ލިޔެ އާންމު އެކައުންޓް ހަދައި ބެލެހެއްޓުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް އެކައުންޓް ހަދައިދިނުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމްސް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދާނެ ޕްލޭންތައް، އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭންތައް ތަރައްޤީކޮށް، ސިސްޓަމް ބެލެހެއްޓުމާއި ވަގުތު ނުގެއްލި މުހިއްމު މަޢުލޫމާތު ނުގެއްލި މަސައްކަތް ހިގަމުންދާނެ ގޮތްތައް ރާވައި ހިންގުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމް އަދި ކޯޕަރޭޝަނަށް ބޭނުންވާ ވެބް އެޕްލިކޭޝަން ސޮފްޓްވެއަރތަކާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމަށާއި ކުންފުނީގެ އެހެނިހެން ސޮފްޓްވެއަރތަކަށް ކުރިމަތިވެދާނެ އަދި ކުރިމަތިވާ ނުރައްކާތަކަށް ސިސްޓަމްތައް ތައްޔާރުކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.

މަސައްކަތުގެ ވަގުތު:

ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވީރު 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

3 މާރިޗު 2016 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

 

 

24 ފެބުރުވަރީ 2016