ބީލަން
ނަންބަރު: GS190/ IUL/2026/022
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 15 އޮކްޓޫބަރު 2026 13:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ލ.ދަނބިދޫ ސުކޫލްގެ ގްރޭޑް 8 ގެ ކުލާހުގައި އައުމުށި ޖަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

                                                                                                                                                                                                                                                                                                                                                                                                        އިޢުލާން ނަންބަރު :GS190/ IUL/2026/022

GS190/PN/2026/003 ޕްރޮކިއުމަންޓް ނަންބަރު:                                                                                 

 

އިޢުލާނު

ލ.ދަނބިދޫ ސުކޫލްގެ ގްރޭޑް 8 ގެ ކުލާހުގައި އައުމުށި ޖަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

          ލ.ދަނބިދޫ ސުކޫލްގެ ގްރޭޑް 8 ގެ ކުލާހުގައި އައުމުށި ޖަހައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ބިޑްރަޖިސްޓްރީ ފޯމް ފުރުއްވައި މި އިދާރާގެ އީ-މެއިލް [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ. ނުވަތަ ދަނބިދޫ ސްކޫލްގެ އޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

       ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ތާރީޚްގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13.30  ގައި ދަނބިދޫ ސްކޫލް

20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13.00 ގައި ދަނބިދޫ ސްކޫލް

      މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

      ބިޑްރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

11 އޮކްޓޯބަރ 2026

11 އޮކްޓޫބަރު 2026