މަސައްކަތް
ނަންބަރު: (IUL)426-AB/426/2016/39
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 28 ފެބުރުވަރީ 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސަބާދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް

އިޢުލާން

އައްޑޫސިޓީގެ ހިތަދޫއަވަށު ކަސަބާދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް

އައްޑޫސިޓީގެ ހިތަދޫއަވަށު ކަސަބާދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016