ދިވެހިރާއްޖެ
އިޢުލާން
ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން 9 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ކައުންސިލްގެ 2026 ވަނަ އަހަރުގެ 38 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން ކައުންސިލްގެ ޖަލްސާއިން ނިންމާފައިވާ ކޮމިޓީގައި މަސައްކަތް ކުރެއްވުމަށް އާއްމުނަށް 1 (އެކެއް) ފުރުޞަތު އަދި ކ. ތުލުސްދޫއަށް ނިސްބަތްވާ ކްލަބް ޖަމްއިއްޔާތަކަށް 2 (ދޭއް) ފުރުޞަތު ދިނުމަށެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ އައި.ޑީ.ކާޑް ކޮޕީއާއިއެކު އަދި ކްލަބް/ ޖަމްއިއްޔާ ތަމްޞީލްކުރައްވާނަމަ ތަމްޞީލްކުރައްވާ ކްލަބް/ ޖަމްއިއްޔާގެ ލިޔުމާއެކު 2026 އޮކްޓޯބަރ 20 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. ގޯތިކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްވެ ދެންނެވިފައިވާ ކެޓަގަރީތަކަށް މެމްބަރުން އައްޔަން ކުރާނީ ކައުންސިލްގެ ޖަލްސާއަކުންނެވެ.
މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.