ދިވެހިރާއްޖެ
އިޢުލާން
މަކުނުދޫ ކައުންސިލުން މައިގަނޑު ތަކެތި ފޯރުކޮށްދިނުމުން ރަސްމީ ފާލަން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާ ފަރާތެވެ.
- ހުށަހަޅާފައިވާ އަގު ( 80 އިންސައްތަ )
- މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ( 10 އިންސައްތަ )
- މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު ( 10 އިންސައްތަ )
ޝުކުރިއްޔާ
16 ޖުމާދަލްއޫލާ 1437