ދިވެހިރާއްޖެ
ސައުތު އެފްރިކާގެ ސެނެގަލްގައި 10-31 ޑިސެމްބަރ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 34 ވަނަ ޑަކަރ އިންޓަނޭޝަނަލް ފެއަރ (ފިޑަކް) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލެވިފައިވާ ކަމުގެ މަޢުލޫމާތު ވަނީ އޯގަނއިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މި މިނިސްޓްރީއާއި ހިއްސާކުރައްވާފައެވެ. މި ފެއަރ ގައި އޯއައިސީ ގައުމުތަކުގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކުން ބައިވެރިވުމަށް، މި ފެއަރ އިންތިޒާމު ކުރާ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ.
މި ފެއާރގެ މަޤްސަދަކީ ވިޔަފާރި އާއި އިންވެސްޓްމަންޓް ކުރިއެރުވުމާއި، އުފެއްދުންތައް ދައްކާލުމާއި، ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުން، އަދި ރާއްޖެއިން ބޭރާއި ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ ހިއްސާދާރުންގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމެވެ. "އިޤްތިޞާދީ ބަދަލަކަށް ޑިޖިޓަލައިޒޭޝަން އަދި އީޖާދީ ކަންކަން" މި ޝިއާރުގެ ދަށުން ބޭއްވޭ މިފެއަރގެ އަމާޒަކީ، ވިޔަފާރިތަކުގެ ވާދަވެރިކަމާއި އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އީޖާދީ ކަންކަމުގެ ދައުރު ފުޅާކުރުމެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މައުލޫމާތު ހޯއްދެވުމަށް ސެންޓަރ އިންޓަރނޭޝަނަލް ޑިއު ކޮމާރސް އެކްސްޓީރިއަރ ޑިއު ސެނެގާލް (ސީ.އައި.ސީ.އީ.އެސް.)ގެ އީމެއިލް އެޑްރެސް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު، މި މަޢުލޫމާތު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދި ދެންނެވީމެވެ.