ދިވެހިރާއްޖެ
|
މަގާމު: |
ސީނިއަރ ކެމިކަލް މެނޭޖްމަންޓް އޮފިސަރ |
|
މަގާމުގެ ނަންބަރު: |
J-432790 |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
މަގާމުގެ ގިންތި: |
ދާއިމީ |
|
މަގާމުގެ ރޭންކް: |
R7 (ސްޓެޕް 1) |
|
ވަޒީފާ އަދާކުރަންޖެހޭތަން: |
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ، މާލެ |
|
މުސާރަ: |
މަހަކު: 10,525.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު 4,915.00 ރުފިޔާ |
|
ހާޒިރީ ޢިނާޔަތް: |
ހާޒިރުވާ ދުވަހަކަށް 135.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތް 1- ގާނޫނު ނަންބަރު 75/4 ގެ ދަށުން ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް އެދޭ ފަރާތްތަކަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމާގުޅޭ އެންމެހާ ކަންތައްތައް ކުރުން. 2- ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން ކެމިކަލް ރައްކާކުރަން ހަމަޖައްސާ ގުދަންތައް ޗެކްކުރުމުގެ އިންތިޒާމް އެމް.އެން.ޑީ.އެފްއާ ގުޅިގެން ހަމަޖެއްސުމާއި ހުއްދަ ދިނުމުގެ މަސައްކަތްކުރުން. 3- ކެމިކަލް ވެޕަންސް ކޮންވެންޝަނާއި ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނާއި ނުރައްކާތެރި ކެމިކަލްއާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކާބެހޭގޮތުން ބަލަހައްޓަންޖެހޭ، ހުއްދަ ނަގަންޖެހޭ ކެމިކަލްތަކާއި، ހުއްދަ ނަގަން ނުޖެހޭ ކެމިކަލްތަކާއި، މަނާކުރެވިފައިވާ ކެމިކަލްތަކާއި، ކެމިކަލް ވިއްކާ ފަރާތްތަކުގެ ދަފްތަރުފަދަ ދަފްތަރުތައް ހަދާ ބެލެހެއްޓުން. 4- ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ގާނޫނު ނަންބަރު 75/4 ގެ ދަށުން ނައްތާލަންޖެހޭ ކެމިކަލްތައް ނައްތާލުމާގުޅޭގުތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި ނައްތާލެވޭ ކެމިކަލްތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ދިވެހިރާއްޖެއަށް އެތެރެކުރުމަށްއެދި ހުށަހަޅާ ކެމިކަލްތަކުގެ މަޢުލޫމާތު ބަލާ ދިރާސާކޮށް، ހުއްދަ ނަގަންޖެހޭ ކެމިކަލްތަކާއި، ހުއްދަ ނަގަންނުޖެހޭ ކެމިކަލްތައް ކްލެސިފައިކޮށް ކެމިކަލްތަކާމެދު ޢަމަލުކުރާނެގޮތުގެ ލަފާދިނުން. 6- ސެކްޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހެދުމާއި، ސެކްޝަނުން ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ބަޖެޓް ތައްޔާރުކުރުމާއި، އަދި ސެކްޝަނުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން. 7- ހުއްދަ ދެވޭ ކެމިކަލްތަކާއި ކެމިކަލް ރައްކާކުރާ ގުދަން އަދި ކެމިކަލް އެތެރެކުރާ ފަރާތްތަކުގެ މަޢުލޫމާތު މަކުޑި ސިސްޓަމްގައި ބެލެހެއްޓުން. 8- ދިރާއްޖޭގެފަރާތުން ސޮއިކޮށް ތަސްދީޤު ކޮށްފައިވާ ބައިނަލްއަގުވާމީ މުޢާހަދާ (ކެމިކަލް ވެޕަންސް ކޮންވެންޝަން) ގެ ދަށުން އަދި ގާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުންމަނާތަކެތީގެ ގާނޫނު) ގެ ދަށުން މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ބިލްތަކާއި ގަވާއިދުތައް ޑްރާފްކުރާ ފަރާތްތަކަށް ފަންނީ ލަފާދިނުން. 9- ގާނޫނު ނަންބަރު:75/4 ގެ ދަށުން ހަދާފައިވާ ނުރައްކާތެރި ކެމިކަލްއާބެހޭ ގަވާއިދުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 10- ރާއްޖެ އެތެރެކުރެވޭ ކެމިކަލްތަކަށް ހުއްދަދިނުމާއިގުޅޭގޮތުން ސަރުކާރުގެ އެހެން އިދާރާތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
|
މަގާމުގެ ޝަރުތުތައް: |
1- އެޑްވާންސްޑް ކެމިކަލް އެންޑް ޕެޓްރޯލިއަމް އިންޖިނިއަރިންގ، އެނަލިޓިކަލް ކެމިސްޓްރީ، އެޕްލައިޑް ކެމިސްޓްރީ، އެޓްމޮސްފިއަރިކް ކެމިސްޓްރީ، ބަޔޯކެމިކަލް އެންޑް ބަޔޯޕްރޮސެސް އިންޖިނިއަރިންގ، ބަޔޯކެމިކަލް އިންޖިނިއަރިންގ، ބަޔޯކެމިސްޓްރީ، ބަޔޯޓެކްނޯލޮޖީ އެންޑް ކެމިކަލް އިންޖިނިއަރިންގ، ކެމިކަލް އެންޑް ބަޔޯކެމިކަލް އިންޖިނިއަރިންގ، ކެމިކަލް އެންޑް ބައޮލޮޖިކަލް އިންޖިނިއަރިންގ، ކެމިކަލް ބަޔޯމޮލެކިއުލަރ އިންޖިނިއަރިންގ، ކެމިކަލް އިންޖިނިއަރިންގ، ކެމިކަލް އިންޖިނިއަރިންގ އެންޑް ޓެކްނޯލޮޖީ، ކެމިކަލް އިންޖިނިއަރިންގ ފޮރ އެނަރޖީ އެންޑް އެންވަޔަރަންމަންޓް، ކެމިކަލް މެނުފެކްޗަރިންގ މެނޭޖްމަންޓް، ކެމިކަލް ރިސްކް މެނޭޖްމަންޓް، ކެމިކަލް ސައިންސް، ކެމިކަލް ޓެކްނޯލޮޖީ، ކެމިކަލް ޓެކްނޯލޮޖީ އެންޑް މެނޭޖްމަންޓް، ކެމިކަލްސް އެންޑް މެޓީރިއަލް އިންޖިނިއަރިންގ، ކެމިސްޓްރީ، ކެމިސްޓްރީ އެންޑް ކެމިކަލް ޓެކްނޯލޮޖީ، ކެމިސްޓްރީ އެންޑް މެނޭޖްމަންޓް، ކެމިސްޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓޭޝަނަލް ކެމިސްޓްރީ، ޑިޖިޓަލް ކެމިސްޓްރީ، އިލެކްޓްރޯ ކެމިސްޓްރީ، އެނަރޖީ އެންވަޔަރަންމަންޓަލް އެންޑް ކެމިކަލް އިންޖިނިއަރިންގ، އެންވަޔަރަންމަންޓަލް ކެމިސްޓްރީ، އެންވަޔަރަންމަންޓަލް ޖިއޯކެމިސްޓްރީ، ފޮރެންސިކް ކެމިސްޓްރީ، އިންޑަސްޓްރިއަލް ކެމިސްޓްރީ، އިންއޯގަނިކް ކެމިސްޓްރީ، މެނޭޖްމަންޓް އިން ކެމިކަލް ޓެކްނޯލޮޖީސް، މެޑިކަލް ބަޔޯކެމިސްޓްރީ، މެޑިސިނަލް ކެމިސްޓްރީ، މޮލެކިއުލަރ ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، ފާމަސޫޓިކަލް ކެމިސްޓްރީ، ފިޒިކަލް ކެމިސްޓްރީ، ފިޒިކަލް އޯގަނިކް ކެމިސްޓްރީ، ސޮލިޑް ސްޓޭޓް ކެމިސްޓްރީ، ސަސްޓެއިނަބަލިޓީ ކެމިސްޓްރީ މެނޭޖްމަންޓް، ސަސްޓެއިނަބަލް ކެމިކަލް އެންޑް ޕްރޮސެސް އިންޖިނިއަރިންގ، ސިންތެޓިކް ކެމިސްޓްރީ، ވޯޓަރ ކެމިސްޓްރީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. މަސައްކަތުގެ ދާއިރާ ކެމިކަލް މެނޭޖްކުރުމުގެ ޢިލްމު އެކުލެވޭ ދާއިރާއެއްގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ. 4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ. 6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". |
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- އަސާސީ ޝަރުތު ހަމަވުން %30 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 - ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 - އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) %20 - އިންޓަރވިއު %35 ނޯޓް: މަގާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަކަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2026 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އޮންނާނީ، 2025 އޮކްޓޯބަރު 21 އާ 27 އާ ދެމެދު، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މަޢުލޫމާތު ސާފުކުރުން. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
27 ރަބީޢުލްއާޚިރު 1448