ކުއްޔަށް ދިނުން
ނަންބަރު: (IUL)138-DS1/426/2016/09
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 07 މާރިޗު 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން ބާޠިލު ކުރުން

އިޢުލާން

"ބިންވެރި ކުރުވުމުގެ ޕްރޮގްރާމް" ގެ ދަށުން ކުރެވުނު، މި މިނިސްޓްރީގެ ނަންބަރު: (IUL)138-DS1/426/2016/06 (14 ފެބުރުވަރީ 2016) ގެ އިޢުލާނާ ގުޅިގެން  ރަށްރަށުން ބިން ދޫކުރުމަށް އެންމެ ފަހުން އެކުލަވައިލެވިފައިވާ އުސޫލާއި މަޢުލޫމާތުގެ ބައެއް ބައިތަކަށް ބަދަލު ގެންނަން މި މިނިސްޓްރީން ނިންމާފައިވާތީ، ހަވާލާދީފައިވާ އިޢުލާނު ބާޠިލު ކޮށްފީމެވެ.

ވީމާ "ބިންވެރިކުރުވުމުގެ ޕްރޮގްރާމް" މި ޕްރޮޖެކްޓުގެ ދެވަނަ ބުރުގައި ހިމެނިފައިވާ ރަށްރަށުން (ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ނ. ވެލިދޫ، ބ. އޭދަފުށި، ބ. ތުޅައިދޫ، ކ. ތުލުސްދޫ، ދ. މީދޫ އިން) ދޫކުރެވޭ ބިންތަކާބެހޭ މަޢުލޫމާތާއި ޕްރޮޕޯސަލް ހުށަހަޅަންވީ ގޮތާއި އަދި މިނޫންވެސް އިތުރު މަޢުލޫމާތު، ފަހުގެ ތާރީޚެއްގައި އިޢުލާނު ކުރާނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004112 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 112 އާ، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

25 ފެބުރުވަރީ 2016