މަސައްކަތް
ނަންބަރު: (IUL)445-MS/445/2016/7
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 29 ފެބުރުވަރީ 2016 09:00
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫނޑިގަން ސްޕޯޓްސް އެރީނާގައި ޤާއިމުކުރާ ނެޓުބޯޅަކޯޓު އެޅުމާބެހޭ

އިޢުލާން

ދޫނޑިގަން ސްޕޯޓްސް އެރީނާގައި ޤާއިމުކުރާ ނެޓުބޯޅަކޯޓު އެޅުމާބެހޭ:

ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފުވައްމުލަކު ދޫނޑިގަމުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނެޓުބޯޅަކޯޓު މިކައުންސިލުން ދައްކާ ކުރެހުމާ އެއްގޮތަށް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 09.00 ގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުންނަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި ނެޓުބޯޅަކޯޓު އެޅުމުގެ މަސައްކަތް މިގޮތަށް ޖަހާފައެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ފުވައްމުލަކު ދޫނޑިގަން ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

12 ޖުމާދަލްއޫލާ 1437 

21 ފެބުރުވަރީ 2016