ދިވެހިރާއްޖެ
އިޢުލާން
ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 31 ޖަނަވަރީ 2016 ގައި މިކޯޓުން ކުރި ނަންބަރު: A1-MC/2016/02-E އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދެވިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯއްދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކޯޓުން ތައްޔާރު ކޮށްފައިވާ "އަންދާސީހިސާބު ހުށަހަޅާ ފޯމު" މި ކޯޓުން ނަންގަވައި، 2016 މާރިޗު 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކޯޓަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެޓުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިކޯޓުގެ ބިޑު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވިމީހާގެ އައިޑެންޓިޓީ ކާޑުގެ އަސްލާއެކު އެކަމަށް އެދޭ ފަރާތުގެ ސިޓީ މިކޯޓަށް ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖުމާދަލްއޫލާ 1437