ދިވެހިރާއްޖެ
މާފަރު ކައުންސިލްގެ ފަރާތުން (IUL)290/290/2026/31 (8 ސެޕްޓެމްބަރު 2026) ގައި ޢިއުލާން ކޮށްފައިވާ "މާފަރު ކައުންސިލް ވޮލީބޯޅަ ޗެލެންޖް 2026" ޢިއުލާން ބާތިލް ކުރުމަށް ފަހު އަލުން ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމެވެ. މި މުބާރާތަކީ ކައުންސިލްގެ ފަރާތުން ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 އޮކްޓޯބަރ 2026 ގައެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މާފަރު ކައުންސިލް ވޮލީ ބޯޅަ ޗެލެންޖް 2026 ގެ ޤަވާއިދުގައި ވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ 23:59 އެކެވެ. ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރިހަމަ ކުރުމަށް ފަހު ޓީމް ލިސްޓް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.