ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އެތެރެއާއި ބޭރުފާރުތަކާއި ސީލިންގގައި ކުލަލުމުގެ މަސައްކަތް
މިކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ އެތެރެއާއި ބޭރުފާރުތަކާއި ސީލިންގގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ވ. ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.
އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.
ބީލަން ހުށަހަޅާނީ 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.