މުބާރާތް
ނަންބަރު: (IUL)333/333/2026/62
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެންޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން!

އިއުލާން

މިކައުންސިލުން އިންތިޒާމްކޮށްގެން މިރަށުގެ އަންހެން/ފިރިހެން 2 ޖިންސަށް ބައިވެރިވެވޭގޮތައް ބޭއްވުމަށް ހަމަޖެހިފައިވާ "ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެންޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޮންމެ ޑިވިޜަނަކުންވެސް މަދުވެގެން 3 ޓީމު ބައިވެރިވާނަމައެވެ. މިމުބާރާތް ފެށުމަށް ތާވަލުކުރެވިފައި ވަނީ 2026 ނޮވްމެބަރ 01 ވާ އާދިއްތަ ދުވަހުއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން 2026 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. މިއިއުލާނާއެކު މުބާރާތް ހިންގާ ޤަވާއިދު އެޓޭޗް ކުރީމެވެ.

ލިންކް: https://forms.gle/cCqHK3R89aqDL13eA

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2026