މަސައްކަތް
ނަންބަރު: (IUL)312-F N/312/2026/42
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ހެދުމަށް ނިންމާފައިވާ ޕޯލްޓްރީ ފާރމްގެ ސްޓްރަކްޗަރ ޤާއިމުކޮށް ބޭނުންވާ ބައެއް ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކައުންސިލުން ހެދުމަށް ނިންމާފައިވާ ޕޯލްޓްރީ ފާރމްގެ ސްޓްރަކްޗަރ ޤާއިމުކޮށް ބޭނުންވާ ބައެއް ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.

  1. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
  • މަޢުލޫމާތު ދިނުމުގެ ސެޝަން: 20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިން ރޫމުގައި

 

  • އަންދާސީ ހިސާބު ހުށަހެޅުން: 03 ނޮވެމްބަރ 2026 ވާ އަންގާރަ  ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިން ރޫމުގައި

 

2. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

3. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި " ޕޯލްޓްރީ ފާރމްގެ ސްޓްރަކްޗަރ"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

4. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

 

 

08 އޮކްޓޯބަރ 2026

                                                                       

08 އޮކްޓޫބަރު 2026