ދިވެހިރާއްޖެ
އިޢުލާން
ނީލަންކިޔުން
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުންކޮށްފައި ހުރި ބައު ދަގަނޑު އެނދު ނީލަންކިޔަން ބޭނުންވެއްޖެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
12:00 |
29 ފެބުރުވަރީ 2016 (ހޯމަ) |
ނީލަމުގައިބައިވެރިވުމަށް ނަން ނޯޓު ކުރުން |
ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. ނީލަމުގައި ބައިވެރިވުމަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. |
|||
ކޮންފަރެންސް ހޯލް |
13:00 |
02 މާރިޗު 2016 (ބުދަ) |
އަގު ހުށަހެޅުއްވުމަށް |
|
|||
އައި.ޖީ.އެމް.އެޗް |
12:20 |
29 ފެބުރުވަރީ 2016 (ހޯމަ)) |
މުދާ ބެލުމުގެ އިންތިޒާމު |
މުދާ ގެންދިޔުން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު، ނީލަމުން ނަގާ މުދާ 36 ގަޑިއިރު ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
ނީލަމުގައި ބައިވެރިވުމަށް ހާޒިރު ނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި ހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ.
16 ޖުމާދަލްއޫލާ 1437