ދިވެހިރާއްޖެ
އދ. މަންދޫ ފުޓުބޯޅަ ދަނޑުގެ އިރުމަތީފަރާތުގައިއޮތް މަގުގެ އިންވަކޮށް އެމަގު ސާފުކޮށް މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަވާނެހެން އިންފާރުތައް ރާނައި މަގު ހެދުމަށްޓަކައި އެސަރަހައްދުގައިހުރި ރައްޔިތުންގެ ރުއްގަސް ފިޔަވައި އަމިއްލަފަރާތެއްގެ ރުއްގަސް ހުރިތޯބަލުމަށް މިކައުންސިލުގެ ނަންބަރު: (IUL)351/351/2026/36 އިޢުލާނުކޮށް އަމިއްލަ ފަރާތްތަކުގެ ރުއްގަހަށް ބަދަލުދީ މިހާރުވަނީ ނިންމާފައެވެ. އެހެންކަމުން އދ. މަންދޫ ފުޓުބޯޅަ ދަނޑުގެ އިރުން، އުރީދޫ އެންޓެނާ ބިމުގެ އުތުރުން ފެށިގެން، ކަނީރުމާގޭގެ ދެކުނަށް، ކަނީރުމަގުގެ ހުޅަނގުންއޮތް ސަރަހަދުން، ރޯޝަނީހިނގުމާއި ރައްދެބައިމަގަށް އަރާގޮތަށްހުރި ރުއްގަސްވެސް ހިމެނޭހެން އެސަރަހައްދުގަހުރި 24 (ސައުވީސް) ރުއްގަހާއި އައު ހެލްތް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ހުޅަނގުފަރާތާއި އިރުމަތީފަރާތުން އަލަށް ކަނޑާފައިވާ ދެމަގުގައި ހުރި 06 (ހައެއް) ރުއް ނީލަން ކިޔުން 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އޮންނާނެއެވެ. މިދެންނެވި ރުއްގަސް ގަންނަ ފަރާތުން ފައިސާ ދެއްކުމަށްފަހު 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ބުޑާއިއެކު ނަގާ ތަން ސާފުކޮށް ނިންމަންވާނެއެވެ. އެހެންކަމުން މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ އެންމެހާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިޔަށް ކައުންސިލް އިދާރާ ކުރިމައްޗަށް ވަޑައިގެންދެއްވުން އެދެމެވެ.
ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.