މަސައްކަތް
ނަންބަރު: A2MC-C/2016/02-E
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 06 މާރިޗު 2016 11:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ގޯތީގައި، ވަށާފާރު ރާނައި، ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިކޯޓުގެ އައު އިމާރާތަށް ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ގޯތީގައި، ވަށާފާރު ރާނައި، ފެންސްޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ބަޔާންކުރެވުނު މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 މާރިޗު 2016 ވަނަދުވަހުގެ 11:00 އަށް ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި، މިދެކޯޓުން ކުރެ ކޯޓަކުން "އަންދާސީހިސާބު ހުށަހަޅާ ފޯމު" ނެންގެވުމަށްފަހު، 16 މާރިޗު 2016 ވަނަދުވަހުގެ 11:00 އަށް، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ މިކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީހިސާބު ހުށަހަޅާ ގަޑީގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި، ހުށަހެޅި ކޯޓެއްގައެވެ.

‏14‏ ޖުމާދަލްއޫލާ‏ 1437

23 ފެބުރުވަރީ 2016