ދެންނެވުން
ނަންބަރު: (IUL)331/331/2026/75
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 16 އޮކްޓޫބަރު 2026 00:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                                                ނަމްބަރ: 331/331/2026/75(IUL)

އިޢުލާން

ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

                  ބަނދަރުގައި ތަކެތި ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި، ބަނދަރުމަތީގެ އެހެން އެއްވެސް ތަނެއްގައި، އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކާއި މިނޫންވެސް އާއްމު އަމިއްލަ ފަރުދުންގެ އެއްވެސް އެއްޗެއް ބަހައްޓާފައި ވާނަމަ، 2026 އޮކްޓޯބަރ 15 ވަނަ ދުވަހުގެރޭ 12:00 ގެ ކުރިން، އެތަކެތީގެ ވެރިފަރާތުން ބަނދަރު ސަރަހައްދުން އެތަކެތި ނެންގުމަށް ދަންނަވަމެވެ.

                  އަދި 2026 އޮކްޓޯބަރ 16 ވަނަ ދުވަހުން ފެށިގެން ބަނދަރު ސަރަޙައްދުގައި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން ނަގަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ގަވާއިދާ ޚިލާފަށް މިގޮތަށް ބަހައްޓާފައި ހުންނަތަކެތީގެ ޒިންމާ ކައުންސިލުން ނުނަގާނެވާހަވެސް ދަންނަވަމެވެ.

08 އޮކްޓޫބަރު 2026